ލަކުސަނައަކި، ޢިޖުތިމާއީ ހޭލުންތެރިކަން އިތުރުކުރުމަށާއި ޢިލްމީ ޕްރޮގްރާމްތައް އެކުލެވޭ ގޮތަށް ރަށުފެންވަރުގައި ހިންގޭ ޕްރޮގްރާމްތަކެކެވެ. މި ޕްރޮގްރާމްތައް ބައްޓަންކޮށްފައި ވާނީ އެރަށެއްގެ ޢާއްމު މުޖުތަމަޢަށް ޚާއްޞަކޮށްގެން އެކި އުމުރުފުރާތަކަށް އެކަށީގެންވާގޮތަށް، މުޅި ރަށުގެ ކުދިބޮޑު އެންމެހާ ފަރާތްތަކަށް މަންފާކުރާނެ ޙަރަކާތްތައް ހިމެނޭ ގޮތަށެވެ
ލަނޑުދަނޑިތައް:
ޢިޖްތިމާއީ ދުޅަހެޔޮކަން ތަރައްޤިކުރުމަށް އެ ރަށެއްގެ ޢިޖްތިމާއި މަރުކަޒަތަކާއި، ރަށުގެ ކްލަބް ޖަމިއްޔާތަކުގެ ދައުރު މުހިއްމުކަން ދެނެގަނެ، އެފަރާތްތަކާއި ގުޅިގެން އެކި ޙަރަކާތައް ކުރިއެރުވުމަށް އެހީތެރިވުން- ރަށުގައި ލިބެންހުރި ގިނަ ވަސީލަތައް، އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމަށްޓަކައި އެރަށުގައި އުފެދިފައިވާ ކްލަބް ޖަނިއްޔާތަކުގެ މެދުގައި މުޢާމަލާތުކުރުމާއި، ގުޅުން ބަދަހިކުރުމަށް ހިތްވަރުދިނުން
ޒިންމާދާރުކަމާއެކު ކުރެވޭ މުޢާމަލާތްތަކާއި ތަރައްޤީ ކުރުވަނިވި، އުފެއްދުންތެރި ޚިޔާލުތަކަށް ފުރުސަތުދިނުމާއި، ތަފާތު ވިސްނުންތަކަށް މަރުޙަބާކިޔުންމުޖުތަމަޢުގައި ހުރި މައްސަލަތާކާއިމެދު އާއްމުން ހޭލުންތެރިކުރުވުމާއި، ވިލުންވެރި މުޖުތަމަޢެއް ބިނާކުރުން
ފެސިލިޓޭޓަރުން
މި އެވެންޓްގައި ކުރިއަށްގެންދާ ހުރިހާ ޕްރޮގްރާމްތަކެއް ވެސް ފަރުމާކުރެވިފައި ވާނީ، އިސްލާމީ ހަމަތަކުގެ މަތިންނެވެ. އަދި ހުށައަޅައިދެއްވާނީ އެކި ދާއިރާތަކުގެ ޤާބިލު، ފުންނާބު އުސް، މަޝްޙޫރު ހުށައެޅުންތެރިންނެވެ

ޢާންމު ރައްޔިތުންނަށް ހުޅުވާލެވިފައިވާ ޕްރޮގްރާމްތައް:


